ޖުމްލަ ދެވިފައި
ހަމަވާން ކައިރިވެފައި
މުއްދަތު ހަމަވެފައި
ޖުމްލަ އާމްދަނީ
މޮޓޯސައިކަލް ކުއްޔަށް ދިނުމުގެ އެއްބަސްވުން
މިއީ ވަނަ ދުވަހު، މޮޓޯސައިކަލުގެ ވެރިފަރާތް ކަމަށްވާ ޢަލީ އިބްރާހީމް ދީދީ (އައިޑީ: A011265، އެޑްރެސް: ހިޔާ 8-05-02 ހުޅުމާލެ (މާލެސިޓީ)) (މީގެ ފަހުން "ވެރިފަރާތް" މިހެން ކިޔާނީ) އާއި، ސައިކަލް ކުއްޔަށް ހިފާ ފަރާތް ކަމަށްވާ (އައިޑީ: ، އެޑްރެސް: ، މޯބައިލް ނަންބަރު: ) (މީގެ ފަހުން "ކުއްޔަށް ހިފާ ފަރާތް" މިހެން ކިޔާނީ) އާ ދެމެދު ވެވިފައިވާ އެއްބަސްވުމެކެވެ.
1. ސައިކަލުގެ މަޢުލޫމާތު:
ބްރޭންޑް އަދި މޮޑެލް: YAMAHA NMAX 155 cc
ކުލަ: BLUE
2. ކުއްޔާއި މުއްދަތު:
ކުލީގެ އަގު: ރުފިޔާ.
3. އެއްބަސްވުމުގެ ޝަރުޠުތައް:
- ޤާނޫނާ އެއްގޮތަށް ބޭނުންކުރުން: ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފު އެއްވެސް ކަމެއްގައި މި ސައިކަލް ބޭނުން ނުކުރުން.
- ދުއްވާ ސްޕީޑް: ހައިވޭތަކުގައި ދުއްވާއިރު ގަޑިއަކު 50 ކިލޯމީޓަރަށްވުރެ ސްޕީޑް ބާރު ނުކުރުން. އެތެރޭގެ މަގުތަކުގައި ދުއްވާއިރު، ޓްރެފިކް ޤަވާޢިދުގައި ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ސްޕީޑް ބާރު ނުކުރުން.
- ލައިސަންސް އަދި ލިޔެކިޔުން: ކުއްޔަށް ހިފާ ފަރާތުގެ އަތުގައި މުއްދަތު ހަމަނުވާ ސައްޙަ ޑްރައިވިންގ ލައިސަންސެއް އޮތުން. އަދި މިއެއްބަސްވުމުގައި ސޮއިކުރުމާއެކު، ކުއްޔަށް ހިފާ ފަރާތުގެ އައިޑީ ކާޑު ކޮޕީއާއި ލައިސަންސް ކޮޕީ ވެރިފަރާތަށް ފޮނުވުން ނުވަތަ ޙަވާލުކުރުން.
- އެހެން ފަރާތަކަށް ނުދިނުން: ކުއްޔަށް ހިފާ ފަރާތް ފިޔަވައި، އެހެން ފަރާތެއްގެ އަތަށް އެއްވެސް ގޮތަކަށް ސައިކަލް ނުދިނުން.
- ޕެޓްރޯލް އެޅުން: ދުއްވާ ވަގުތުގައި ސައިކަލަށް ބޭނުންވާ ޕެޓްރޯލް އެޅުމަކީ ކުއްޔަށް ހިފާ ފަރާތުގެ އަމިއްލަ ޒިންމާއެކެވެ.
- ސައިކަލް ހުއްޓުން: ޕެޓްރޯލް ހުސްވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އެއްވެސް ތަނެއްގައި ސައިކަލް ހުއްޓިއްޖެނަމަ، ސައިކަލް ރައްކާތެރިކަމާއެކު ވެރިފަރާތާ ހަމައަށް ގެންގޮސްދިނުމުގެ ފުރިހަމަ ޒިންމާ ކުއްޔަށް ހިފާ ފަރާތުން ނެގުން.
- ގެއްލުމުގެ ބަދަލުދިނުން: ކުއްޔަށް ހިފާ ފަރާތުގެ ބެލުމުގެ ދަށުގައި ސައިކަލް ހުއްޓާ އިހުމާލުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ސައިކަލަށް ލިބޭ ކޮންމެ ގެއްލުމެއްގެ ފުރިހަމަ ބަދަލު ކުއްޔަށް ހިފާ ފަރާތުން ހޯދައިދިނުން.
- ޖޫރިމަނާތައް: ކުއްޔަށް ހިފާފައިވާ ވަގުތުގެ ތެރޭގައި ޓްރެފިކް ޤަވާޢިދާ ޚިލާފުވެގެން ނުވަތަ ޕާކިންގ ގޯސްވެގެން އަންނަ ހުރިހާ ޖޫރިމަނާއެއް ދެއްކުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
- މުއްދަތު އިތުރުކުރުމާއި ލަސްވުމުން ނަގާ ޖޫރިމަނާ: ކުއްޔަށް ހިފި މުއްދަތު ހަމަވުމަށްފަހު ސައިކަލް ޙަވާލުނުކޮށްފިނަމަ، ވަގުތު ހަމަވާ ހިސާބުން ފެށިގެން އިތުރުވާ ކޮންމެ ގަޑިއިރަކަށް 50 (ފަންސާސް) ރުފިޔާގެ މަގުން ކުއްޔަށް ހިފާ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުއްޔަށް ހިފާފައިވާ މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، އެއްބަސްވެފައިވާ ވަގުތު ހަމަވުމުގެ މަދުވެގެން 30 (ތިރީސް) މިނެޓު ކުރިން ވެރިފަރާތަށް އެކަން އަންގައި، އިތުރުކުރަން ބޭނުންވާ ވަގުތަށްވާ ފައިސާ ވެރިފަރާތަށް ޓްރާންސްފަރ ކުރަންވާނެއެވެ. ފައިސާ ޓްރާންސްފަރ ކުރުމަށްފަހު މެނުވީ މުއްދަތު އިތުރުކުރެވުނު ކަމަކަށް ނުބެލެވޭނެއެވެ.
- ސައިކަލް ޙަވާލުނުކުރުން އަދި ސައިކަލް ހޯދައި ނެގުން: ކުއްޔަށް ހިފި މުއްދަތު ހަމަވެ ފައިސާ ދެއްކުން ލަސްވެއްޖެނަމަ، ކޮންމެ ވަގުތަކުވެސް ކުއްޔަށް ހިފާ ފަރާތުގެ ހުއްދައަކާ ނުލައި ސައިކަލް ހުރިތަނަކުން ނެގުމުގެ ބާރު ވެރިފަރާތަށް ލިބިގެންވެއެވެ. އަދި މިގޮތަށް ސައިކަލް ޙަވާލުނުކޮށްފިނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ސައިކަލް ހޯދުމަށާއި، ކުއްޔަށް ހިފާ ފަރާތާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ ޙައްޤު ވެރިފަރާތަށް ލިބިގެންވެއެވެ.
- ރިފަންޑް ދިނުމުގެ އުޞޫލު: އެއްބަސްވުމުގައި ސޮއިކޮށް، ކުލީގެ ފައިސާ ވެރިފަރާތުން ދީފައިވާ އެކައުންޓަށް ޓްރާންސްފަރ ކުރުމަށްފަހު ކެންސަލްކުރާނަމަ ޢަމަލުކުރެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ. ހ. ސައިކަލާ ޙަވާލުވެ ނުގެންގޮސް، ކިތަންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަމަވެސް ކުއްޔަށް ހިފާ ފަރާތުން މި އެއްބަސްވުން ކެންސަލްކުރަން ބޭނުންވެއްޖެނަމަ، ރިފަންޑުގެ ގޮތުގައި ފައިސާ އަނބުރާ ލިބޭނީ ދައްކާފައިވާ ޖުމްލަ ފައިސާގެ %50 (ފަންސާސް އިންސައްތަ) އުނިކުރުމަށްފަހުގައެވެ. ށ. ކުއްޔަށް ހިފާ ފަރާތުން ސައިކަލާ ޙަވާލުވެ، ހިނދުކޮޅަކަށް ނަމަވެސް ސައިކަލް ގެންގޮސްފައިވާނަމަ، ދައްކާފައިވާ ފައިސާއިން އެއްވެސް މިންވަރެއް ރިފަންޑުގެ ގޮތުގައި އަނބުރާ ނުލިބޭނެއެވެ.
- ހެލްމެޓް ކުއްޔަށް ނެގުމާއި ގެއްލުމުގެ ބަދަލު ދިނުން: ސައިކަލާއެކު ހެލްމެޓް ކުއްޔަށް ނަގާނަމަ، ތިރީގައިވާ ގޮތަށް ޢަމަލުކުރެވޭނެއެވެ. ހ. އެއް ހެލްމެޓް ކުއްޔަށް ނަގާނަމަ، ކުލީގެ ގޮތުގައި އިތުރަށް 30 (ތިރީސް) ރުފިޔާ ދައްކަންވާނެއެވެ. ށ. ދެ ހެލްމެޓް ކުއްޔަށް ނަގާނަމަ، ކުލީގެ ގޮތުގައި އިތުރަށް 60 (ފަސްދޮޅަސް) ރުފިޔާ ދައްކަންވާނެއެވެ. ނ. ކުއްޔަށް ހިފާފައިވާ މުއްދަތުގެ ތެރޭގައި ހެލްމެޓެއް ގެއްލިއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމަ، އެ ހެލްމެޓެއްގެ ބާޒާރު މަތީ އަގު ކުއްޔަށް ހިފާ ފަރާތުން ވެރިފަރާތަށް ދައްކަންވާނެއެވެ.
- މަރާމާތުކުރުމާއި ސަރވިސްކުރުން: ސައިކަލަށް ލިބޭ ގެއްލުމެއް ނުވަތަ މަރާމާތެއް ކުރުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ. ހ. ސައިކަލަށް ލިބޭ ގެއްލުމެއް ރަނގަޅުކުރުމަށް ނުވަތަ އަޑީތެޔޮ ބަދަލުކުރުން ފަދަ ކަމަކަށް އެއްވެސް ގަރާޖަކަށް ނުވަތަ ވޯކްޝޮޕަކަށް ސައިކަލް ގެންދަންވާނީ ވެރިފަރާތަށް އެންގުމަށްފަހު، ވެރިފަރާތުގެ ހާޒިރުގައި ނުވަތަ ވެރިފަރާތުން ފޮނުވާ ފަރާތެއްގެ ހާޒިރުގައެވެ. ށ. ސައިކަލް މަރާމާތުކުރަން ނުވަތަ ސަރވިސްކުރަން ގެންދާ ގަރާޖު ނުވަތަ ވޯކްޝޮޕަކީ ސައިކަލުގެ ވެރިފަރާތް ޤަބޫލުކުރާ ނުވަތަ ވެރިފަރާތުން އެއްބަސްވާ ތަނަކަށް ވާންވާނެއެވެ. ނ. ފުރޮޅުން ވައި މަދުވެގެން ވައިޖެހުމާއި، ޕެޓްރޯލް އެޅުން ފަދަ އާންމުކޮށް ކުރަންޖެހޭ ކުދި ކަންކަން، ވެރިފަރާތަށް އެންގުމަކާ ނުލައި ކުއްޔަށް ހިފާ ފަރާތަށް އަމިއްލައަށް ކުރެވިދާނެއެވެ.
- ޕާކް ކުރުން: މަގުމަތީގައި ނުވަތަ އެނޫންވެސް ތަނެއްގައި ސައިކަލް ޕާކްކުރާއިރު، ސައިކަލަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ނުވަތަ ނުރައްކާތެރި ގޮތަކަށް ޕާކްކޮށްގެން ނުވާނެއެވެ.
- އަމާނާތަށް ރައްކާތެރިވުން: ކުއްޔަށް ހިފާފައިވާ ސައިކަލަކީ ކުއްޔަށް ހިފި ފަރާތުގެ ބެލުމުގެ ދަށުގައިވާ ބޮޑު އަމާނާތެކެވެ. އެހެންކަމުން، އެ އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށް ބެލެވޭ ފަދަ އެއްވެސް ޢަމަލެއް ކުއްޔަށް ހިފާ ފަރާތުން ހިންގައިގެން ނުވާނެއެވެ.
- ތެޔޮ ބަދަލުކުރުމާއި ސައިކަލް ސާފުކުރުން: އެއް ފަރާތަކުން ސައިކަލް ކުއްޔަށް ހިފައިގެން 1000 (އެއްހާސް) ކިލޯމީޓަރަށް ދުއްވިފައިވާނަމަ، ސައިކަލުގެ އަޑީތެލާއި ގިއަރު ތެޔޮ ބަދަލުކުރުމާއި، ސައިކަލް ދޮވެ ޕޮލިޝްކުރުމުގެ ކަންކަން ކުއްޔަށް ހިފާ ފަރާތުން ބަލަހައްޓަންވާނެއެވެ. (ނޯޓް: ތެޔޮ ބަދަލުކުރުމުގައި ޢަމަލުކުރާނީ މި އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުން ވެރިފަރާތަށް އެނގިގެން ވެރިފަރާތުގެ ހާޒިރުގައެވެ.)
4. އިތުރު މަޢުލޫމާތާއި ޚާއްޞަ ޝަރުޠުތައް:
މި އެއްބަސްވުމުގައިވާ ހުރިހާ މާއްދާތަކެއް ކިޔައި، އެކަންކަމަށް ފުރިހަމައަށް އެއްބަސްވެ ތިރީގައި ސޮއިކުރީމެވެ.
ވެރިފަރާތް (Owner)
ކުއްޔަށް ހިފާ ފަރާތް (Renter)
ހެކި 1: މަރިޔަމް ޢާލިމާ
(Witness 1: Mariyam Aalima)
ހެކި 2 / Witness 2:
ކޮންމެ ޞަފްޙާއެއްގެ ކަނުގައި ކުރާ ސޮއި (Page Initials)
މިތަނުގައި ކުރާ ސޮއި (ނުވަތަ އިނިޝިއަލް) PDF އަދި ޕްރިންޓްކުރާއިރު ކޮންމެ ޞަފްޙާއެއްގެ ތިރީ ކަނުގައި ޖެހިގެންދާނެއެވެ.